
ރާއްޖެއަށް މި އަހަރު އައި ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.
ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާޖިން އެޓްލާންޓިކް އެއާލައިންއިން ރާއްޖެ އަށް ދެ މިލިއަން ވަނަ ޓޫރިސްޓަށް ހޮވުނު އިނގިރޭސިވިލާތުގެ ބެތަނީ ސާރާ ކާސްވެލްއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
މި ހަފުލާގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވީ މި ކާމިޔާބީ އާއި ޓޫރިޒަމް އިންޑަސްޓްރީ އާއި މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އަދި ސަރުކާރުގެ އަމާޒަކީ ޓޫރިސްޓުން އަންނަ އަދަދާ އެއްވަރަށް އާމްދަނީ ވެސް އިތުރު ކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރު ހަމަވި ދެ މިލިއަން ހަމަވިއިރު މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން ހަމަވެފައިވަނީ 26، ޑިސެމްބަރު 2024 ވަނަ ދުވަހު އެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން ހަމަވެފައި މިވަނީ މިދިޔަ އަހަރަށްވުރެ އެއް މަސް ދުވަސް ކުރިންނެވެ. ސަރުކާރުން މި އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް ބުނެފަ އެވެ.
ރިސްޓުންގެ އަދަދު އިތުރުވަމުންދާއިރު، އަހަރަށްވުރެ އަހަރެއް ޓޫރިޒަމަށް ލިބޭ އާމްދަނީ ވެސް ދަނީ އިތުރުވަމުންނެވެ. އާމްދަނީއަށް ބަލާއިރު 2019 ވަނަ އަހަރު ޓޫރިޒަމަށް 3.9 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިދިޔަ އަހަރު މި އަދަދު ވަނީ 4.8 ބިލިއަން ޑޮލަރަށް އުފުލިފަ އެވެ.

