
މިދިޔަ 10 އަހަރުތެރޭ ރާއްޖޭގެ ޓޫރިޒަމަށް ކުއްޔަށް ދީފައިވާ ތަންތަނުން އެންމެ ގިނައިން ޓޫރިޒަމް ބިމުކުލި ދެއްކީ މިދިޔަ އަހަރު ކަމަށް ދައްކައިފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މައުލޫމާތުތަކަށް ބަލާއިރު މިދިޔަ އަހަރު ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ދައުލަތަށް ޖުމްލަ ދެ ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ކުރީ އަހަރު ލިބިފައިވާ 1.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. އަދި މިއީ 10 އަހަރަށް ބެލިނަމަވެސް ބިމު ކުލީގެ އާމްދަނީ ބޮޑު ތަނުން އިތުރުވުމެކެވެ.
މިދިޔަ 10 އަހަރަށް ބަލާއިރު އެވްރެޖުކޮށް އެންމެ މަތިން ޓޫރިޒަމް ބިމުކުލީގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ، އެހެންވެ މިދިޔަ އަހަރު ލިބުނު ދެ ބިލިއަން ރުފިޔާއާއަކީ ބޮޑުތަނުން އިތުރުވުމެކެވެ.
ބިމުކުލީގެ އާމްދަނީ ވަނީ ބަޖެޓުގައި އެ މަހަށް ލަފާކުރި މިންވަރަށްވުރެ ބޮޑު ތަނުން އިތުރުވެފައެވެ. މީގެ މާނައަކީ ރިސޯޓްތަކުން ކުލި ދެއްކުމުގައި ކުރިން އުންމީދު ކުރި ވަރަށްވުރެ ރަނގަޅު ނަތީޖާއެއް ފެނުމެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 179 ރިސޯޓެއްގައި 44,807 އެނދު ހުރިކަމަށް ދައްކަ އެވެ.އަދި ޖުމްލަ އެނދުގެ އަދަދު ވަނީ 67,645 އަށް އިތުރުވެފަ އެވެ.

