
ދަތް އުނގުޅުމަށްފަހު ރަގަޅަށް އަނގަ ދޮވެލުމަކީ ކޮންމެ މީހަކު ވެސް ކުރާ ކަމެކެވެ. ނަމަވެސް އެ ދޮވެލެވެނީ ދަތް އުނގުޅުމުން ލިބޭ ފައިދާތަކޭ ބުނުމުން ގިނަ ބަޔަކު ހައިރާން ވެދާނެ އެވެ.
ދަތުގެ ހާއްސަ ބައެއް ޑޮކްޓަރުން ބުނާ ގޮތުގައި ދަތް އުނގުޅުމަށްފަހު އަނގަ ދޮވުމާމެދު ބަހުސެއް އޮވެ އެވެ. އެއްގޮތަކީ ދަތް އުނގުޅުމަށްފަހު އަނގަތެރެ ރީއްޗަށް ދޮވެލުމެވެ. ސަބަބަކީ ފްލޮރައިޑް ކުޅާއެކު ނުދިރުވުމެވެ.
އަނެއް ބަހުސަކީ އަނގަ ނުދޮންނަނަމަ، ދަތްތައް ހަލާކުވުމުގެ ފުރުސަތު ކުޑަވުމެވެ. ބައެއް ތަޖުރިބާކާރު ޑެންޓިސްޓުން ބުނާ ގޮތުގައި، އެންމެ ރަގަޅު ގޮތަކީ ދަތް އުނގުޅައި ނިންމާލުމަށްފަހު ކުޅު ޖަހައިގެން އަނގަތެރެ ސާފުކޮށްލުމެވެ. އޭގެ ސަބަބުން ދަތްތަކުގެ ދުޅަހެޔޮ ކަމަށް އެހީތެރިވެދީ، ދަތްތައް ވަރުގަދަ ވެސް ކޮށްދެ އެވެ.
އިތުރު ކަމަކަށް، ދަތް އުނގުޅުމަށްފަހު ކުޅު ޖެހުމުގެ ބަދަލުގައި ފެނުން އަނގަ ދޮވުމުން، ދަތް އުނގުޅާ ބޭހުގައި ހުންނަ ކޮންސެންޓްރޭޓެޑް ފްލޮއިޑް ދޮވެވެ އެވެ. އޭގެ ސަބަބުން ދަތް އުނގުޅާ ބޭހުގައި ހިމެނޭ ދަތާއި ހިރުގަނޑު ރައްކާތެރިކޮށްދޭ މާއްދާތައް ދަށްވެގެން ދެއެވެ.
އެހެންކަމުން ދަތް އުނގުޅުމަށްފަހު އަނގަ ދޮވުމާމެދު ތަޖުރިބާކާރު ޑެންޓިސްޓުންގެ މެދުގައި ބަހުސެއް އޮވެ އެވެ. ބައެއް ރިޕޯޓުތައް ކިޔާލުމުން ދޭހަވީ، ދަތް އުނގުޅުމަށްފަހު އަނގަ ދޮވުމަށްވުރެ ކުޅު ޖަހައިގެން އަނގަތެރެ ސާފުކޮށްލުމުން ލިބޭ ފައިދާ މާ ބޮޑު ކަމެވެ.

