
ފުވައްމުލަކުގެ ޗަސްބިން ސަރަހައްދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ ރޯވީ ފުވައްމުލަކު ސިޓީ ފުނާޑު އަވަށު ޗަސްބިމެއްގައި ކަމަށެވެ.
އެގޮތުން މިއަދު 14:30 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާ އެކު، އެ ފަޔާ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 16:00 ހާއިރުއެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މިއަދު އައްޑޫ މީދޫގެ މަތިކިޅި ކައިރި ވަލުތެރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގިއެވެ.

