ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ދަތުރު ފަށައިފި އެވެ.
މޯލްޑިވިއަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އެ އެއާލައިނުގެ ފަސް ވަނަ އޭޓީއާރު ބޯޓު ރާއްޖެ އަންނަން ފްރާންސްގެ ޓޫލޫޒުން މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ.
އެ ދަތުރުގައި ގްރީސްގެ ހެރަކްލިއަންގައި ޓްރާންސިޓްކޮށްފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ. ދަތުރުގައި އިތުުރު ދެ މަންޒިލަކަށް ވެސް ބޯޓު ޖައްސާނެ އެވެ.
Our 5th ATR has officially begun her ferry flight from Toulouse, with Heraklion marking the first of three stops on her journey home.
On board for this important flight are Captain Abdullah Nafiz, Captain Ali Yanish, and Engineer Ibrahim Waiz Mohamed, proudly flying for… pic.twitter.com/pT6Qpb1tnj
— MaldivianAero (@MaldivianAero) June 5, 2025
މޯލްޑިވިއަނުން ބުނި ގޮތުގައި އެ ދަތުރު ފެށީ ކެޕްޓަން އަބްދުﷲ ނާފިޒް އަދި ކެޕްޓަން އަލީ ޔާނިޝް އާއެކުގަ އެެވެ. އަދި އިންޖިނިއަރު އިބްރާހިމް ވާއިޒް މުހައްމަދު ވެސް ދަތުރުގައި ބައިވެރިވާ ކަމުގަ އެވެ.
“އަޅުގަނޑުމެންގެ ފްލީޓަށް އަލަށް އިތުރުވާ އެ އާ އެއާކްރާފްޓް އަންނާނެ ދުވަހަށް މި ތިބީ އިންތިޒާރުގައި،” މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން އެންމެ ފުރަތަމަ އޭޓީއާރު މަރުކާގެ ބޯޓެއް ގެނައީ 2023 އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ފަހަރު ދެ ބޯޓެއް ގެނަ އެވެ. އޭގެ ފަހުން އެ އަހަރުގެ އެޕްރީލް މަހު އަދި މިދިޔަ އަހަރުގެ މެއި މަހު ވެސް އެ މަރުކާގެ އިތުުރު ބޯޓުތައް ގެނަ އެވެ.
މޯލްޑިވިއަނުން ބޭނުން ކުރަމުން އަންނަ ޑޭޝްް-8 މަރުކާގެ ބޯޓުތައް އޭޓީއާރަށް ބަދަލު ކުރުމަށް އެ މަރުކާގެ ބޯޓުތައް ގެންނަން މަސައްކަތް ކުރަމުންދާއިރު، ވައިޑް ބޮޑީ އެއާކްރާފްްޓްތައް ވެސް އެ އެއާލައިނަށް ގެންނަން މިހާރު ވަނީ ފަށާފަ އެވެ.