
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެޕާޓީ، އިލެކްޝަން ކޮމިޝަން (އީސީ) އިން 1 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް، “އަދަދު” ނޫހުން ނެރެފައިވާ ޑޮކިއުމެންޓްރީއަކަށްފަހު، ޕީއެންއެފްގެ މުޒާހަރާތަކުގައި ދަނީ ސޯފާއެއް ބޭނުންކުރަމުންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފުވަމުންދާތީ މީގެ ކުރިން އީސީން ވަނީ އެފަދަ އަމަލުތައް ނުކުރުމަށް އެ ޕާޓީއަށް އަންގައިފަ އެވެ.
ނަމަވެސް ތަކުރާރުކޮށް ހިލާފުވަމުންދާތީ އީސީގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހް ސޮއިކުރައްވައި އިއްޔެ ވަނީ އެޕާޓީގެ ލީޑަރު ޔާމީނަށް ސިޓީއެއް ފޮނުއްވާފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، ޕީއެންއެފް އިން ބާއްވާ އެއްވުންތަކަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އެކޮމިޝަނުން ހޯދަން ޖެހޭ ހުއްދަ ނުހޯދައި ބާއްވާ އެއްވުންތަކެއް ކަމަށެވެ.
ތަކުރާރުކޮށް ގާނޫނާ ހިލާދުވެ، ސުލާކާ ހިލާފު އަމަލުތައް އެ އެއްވުންތަކުން ފެންނާތީ އެކަންކަމަށް ޖަވާބުދާރީވާން އެދުމުން، އެކަންކަމަށް ޖަވާބުދާރީވެސް ވެފައި ނުވާ ކަމަށް އެސިޓީގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން އެ ޕާޓީ 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ކުރިއަށް އޮތް ތަނުގައި އެކަންކަން ތަކުރާރުވާނަމަ އެ އަމަލު ހިންގާ ބަޔަކަށްވެސް ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައިވެއެވެ.

