
ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފްއިން މިއަދު ބުނީ ތާޖް އެގްޒޯޓިކާ ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލާފައިވަނީ “ބަލްމާ-6” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށެވެ.
އެ އުޅަނދުން 4 މީހުން ދަތުރުކުރިއިރު، އެތަނުން 2 މީހަކު އެ ސަރަހައްދުން ދަތުރުކުި ދޯންޏަކަށް ވަނީ ނަގާފައެވެ،. އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.
އެ ބޯޓު ބަންޑުން ޖަހާލީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

