
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއމްއޭ) އިން ނެރެފައިވާ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ބިޒްނަސް ސާވޭއިން ދައްކާ ގޮތުން ރާއްޖޭގެ މައިގަނޑު ހުރިހާ ދާއިރާއެއްގެ ވިޔަފާރިތަކަށް މިދިޔަ ކުއާޓަރުގައި ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމާއި މުވާސަލާތީ ދާއިރާގެ ވިޔަފާރިތައް ވަނީ ބޮޑުތަނުން ރަނގަޅުވެފަ އެވެ.
ސާވޭ އިން ދައްކާގޮތުގައި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ކާމިޔާބު ދުވަސްވަރެކެވެ.އެގޮތުން ރިސޯޓް ބުކިންގްސް: ބުކިންތައް ވަނީ 85 ޕޮއިންޓުގެ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އަދި ރިސޯޓުތަކަށް ލިބުނު އާމްދަނީ 91 ޕޮއިންޓަށް އުފުލިފަ އެވެ. މީގެ އިތުރުން ރިސޯޓުތަކުން ރޫމްތަކަށް ނެގި އަގު ވެސް ވަނީ އިތުރުވެފަ އެވެ.
2025 ވަނަ އަހަރުގެ ފަހު ކުއާޓަރު
ފަތުރުވެރިކަން: %91 އާމްދަނީ އިތުރުވެފައި.
މުވާސަލާތާއި ދަތުރުފަތުރު: ވިޔަފާރީގެ ހަރަކާތްތައް %88 ކުރިއަށް.
ހޯލްސޭލް އަދި ރީޓެއިލް: ވިޔަފާރި %62 އިތުރުވެފައި.
މި ރިޕޯޓް ދައްކާ ގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ކުރިއަށްދާ މަޝްރޫއުތައް އިތުރުވެފައިވާއިރު، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ ސޭލްސް ވެސް ވަނީ 62 ޕޮއިންޓަށް ޖެހިލާފަ އެވެ. މިއީ މިއަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ.
އެމްއެމްއޭގެ މި ރިޕޯޓަށް މައުލޫމާތު ދީފައިވާ ވިޔަފާރިތަކުން ބުނެފައިވާ ގޮތުން މިދިޔަ ކުއާޓަރުގައި ވިޔަފާރިތައް ރަނގަޅުވި ނަމަވެސް، މި އަހަރު އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދަށްވުން ގާތެވެ.

