މިރޭ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން މިރޭ ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިރޭ އެކްސްގައި ބުނީ ފެނުގެ އަޕްގްރޭޑިންގެ މަސައްކަތްތަކެއް މިރޭ ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ މިރޭ ދަންވަރު 12 އިން މާދަމަ ހެނދުނު ހަޔަކަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފެން ކެނޑިދާނެ ކަމަށް ފާހަަގަކުރި ސަރަހައްދުތަކުގެ ތެރޭގައި ފުނަގަސް މަގު އެއް ނަންބަރު ގޯޅިއާއި ތިން ނަންބަރު ގޯޅިއާ ދެމެދުން ނިރޮޅު މަގާއި ފުނަގަސް މަގުގައި ހިމެނޭ ގޭބިސީތައް ހިމެނެ އެވެ.
Due to a water network upgrading work at Hulhumale phase 2, there will be a service interruption from 00:00 Hrs to 06:00 Hrs on 22nd April 2025 (tonight).
We apologize for any inconvenience caused. pic.twitter.com/SSIV3oAccH— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 21, 2025
އޭގެ އިތުރުން ނިކަގަސް މަގު ހަތަރު ނަންބަރު ގޯޅިއާއި ހަ ނަންބަރު ގޯޅިއާ ދެމެދުން ނިރޮޅު މަގާއި ނިކަގަސް މަގު ހިމެނޭ ގޭބިސީތަކުން ވެސް ފެނުގެ ހިދުމަތް ކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފެނުގެ ހިދުމަތް މެދުކެނޑިދާނެތީ މާފަށް އެދޭކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.