
ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ(އެމްޑީޕީ)ގެ ކެނޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓަކަށް މިހާރުގެ މޭޔަރު އާދަމް އާޒިމް ކަށަވަރުވެއްޖެއެވެ.
މިއަދު ބޭއްވުނު އެމްޑީޕީގެ އެތެރޭގައ އިންތިޚާބުގައި މާލެ ސިޓީގެ މާޔަރުކަމަށް ވާދަކުރީ މިހާރުގެ މޭޔަރު އާދަމް ޢާޒިމް އާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ އާޒިމެެވެ. މި ޕްރައިމަރީގައި ޖުމްލަ 154 ކެންޑިޑޭޓަކު ވާދަކުރިއެވެ. އަދި ފަސް ހާހަށް ވުރެ ގިނަ މީހުން މާލޭގެ އެކި ދާއިރާތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީ ބުނެފައިވެއެވެ.
މި އިންތިޚާބުގައި ޖުމްލަ 65 ވޯޓު ފޮށި ބަހަޓާފައިވާ ކަމަށާއި އެއީ އަތޮޅުތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 14 ފޮއްޓާއި މާލޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން މާލޭގައި ބަހައްޓާފައިވާ 17 ވޯޓު ފޮށީގެ އިތުރުން، މާލެއިން ބޭރުގައި ބަހައްޓާފައިވާ 34 ވޯޓު ފޮށި ކަމަށް އެމްޑީޕީ މަޢުލޫމާތުދެއެވެ.

