
“ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގުރާމުގެ ދަށުން، މާލެ ސަރަހައްދުން ބިމާއި ފުލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ، “ޢާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު 30އޭޕްރީލް 2026ވަނަ ދުވަހުގެ 23:59އާ ހަމައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން އަދި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
އިއުލާނު ލިންކް:https://t.co/je79WnNaEihttps://t.co/9Fvf6eZ5n3 pic.twitter.com/JFxgWzrkBa
— Ministry of Construction, Housing & Infrastructure (@MoCImv) February 26, 2026
މި އުސޫލުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ https://hiyaavehi.housing.gov.mv/ ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި މި ޕްރޮގުރާމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން 7،900ފްލެޓާއި 1،250އަކަފޫޓުގެ 15,000ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

