ލ. ގަން ކައިރީގައި އޮންނަ ފަޅު ރަށެއް ކައިރިއަށް މަސް ހިފަން ފޭބި ފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ މީހާ ފެނުނުއިރު އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފި އެވެ.
ގަމު ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއަދު ހެނދުނު ބަޔަކާ އެކުގައި މަހަކަންފުށި ކައިރިއަށް ދާ ޖަހައިގެން މަސް ހިފަން ދިޔަ މީހަކު ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އެ ރަށު ތުނޑިީ، ފެސްފަރީ، އަބްދުލްސަމަދު މުހައްމަަދު (ސަމަދު) އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް “ދެން” އަށް ވިދާޅުވީ އެ މީހާ ގެއްލިފައިވާ މައްސަލައިގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ހޯދުމަށް ކުރި މަސައްކަތުން އެ މީހާ ވަނީ އެ ސަރަހައްދު މޫދު އަޑީގައި އޮއްވާ ފެނިފައި ކަމަށެވެ. އެ މީހާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.