
ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން މާލޭގައި ތަރައްގީކުރި ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލު ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު އެވެ.
މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތައުލީމުގެ ޕާތްވޭއެއް އިތުރުވެ، އަމަލީ އަދި ސިނާއީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުގުވެރިވާ ދަރިވަރުންނަށް ފުރުސަތުތައް އިތުރުވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
މި ވޮކޭޝަނަލް ހައި ސްކޫލުން ކިޔަވާ ނިންމާ ދަރިވަރުންނަށް، ޔުނިވާސިޓީތަކުގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ކޯސް ނިންމުމަށްފަހު ވަޒީފާއަކަށް ދިއުމަށް އިހުތިޔާރުކުރާ ދަރިވަރުންނަށް، އެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްދަންފަޅިއަށެވެ.
ހައި ސްކޫލްގެ މޮޑެލްއަށް ކިޔަވައިދޭ މިސްކޫލްގައި އެޗް.އެސް.ސީގެ ދެ މާއްދާ ކަމުގައިވާ އިސްލާމް އަދި ދިވެހި ކިޔަވައިދޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަފާތު ޕާތްވޭތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތުތައް އިތުުރުކުރުމަކީ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

