
ވަގުރުކު އެޅި މީހަކު ޖަލަށް ލާން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މިިދިޔަ އޮކްޓޫބަރު މަހު ކުޅުދުއްފުށި ސިޓީ، އާސްމާން ގެއަށް ވަދ،ެ އެ ގޭގެ ގޯތިތެރޭގައި ހުރި ރުކަކުން ވަގަށް 26 ކުރުނބާ އެޅި މައްސަލަ ސާބިތުވެ ހުކުމް އިއްވީ އެ ރަށު ސެންސަސް، އަބްދުއްސަލާމް އާދަމްގެ މައްޗަށެވެ.
އެ މައްސަލައިގައި ވައްކަމާއި ހުއްދަ ނެތި ތަނަކަށް ވަނުމުގެ ދައުވާ ސަލާމްގެ މައްޗަށް ކުރިއިރު އޭނާ ވަނީ އެ ކުށްތަކަށް އިއުތިރާފްވެ އަދަބު ޖޫރިމަނާއަކަަށް ބަދަލުކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް އެ ބާވަތުގެ ގިނަ ކުށްތަކެއް ކުށްވެރިޔާގެ މައްޗަށް ސާބިތުވެފައިވާތީ އާއ،ި ޖޫރިމަނާގެ ފައިސާ ސީދާ ދަޢުވާލިބޭ ފަރާތުން ދެއްކިދާނެ ކަމަށް ނުބެލެވޭތީއާ އެކު ކޯޓުން އެގޮތަށް އަދަބު ކުޑައެއް ނުދީފައެވެ.
ނަމަވެސް ކުށަށް އިއުތިރާފްވެފައިވާތީއާ އެކު އޭނާގެ މައްޗަށް އެެންމެ ބޮޑު ހުކުމެއް އިއްވާފައެއް ނުވެއެވެ.
އެގޮތުން ވައްކަމާ ގުޅިގެން އޭނާގެ މައްޗަށް ތިން މަހާއި 10 ދުވަހުގެ ހުކުމެއް އިއްވިއިރު، ހުއްދަނެތި މީހެއްގެ ގެދޮރަކަށް ވަދެފައިވާ މައްސަލައިގައި އިއްވީ އެއް މަހާއި ސައުވީސް ދުވަހުގެ ހުކުމެކެވެ.

