
ވައިގެ މަގުން އެތެރެކުރަން އުޅުނު ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އަތުލައިގަތީ ސިންތަޓިލް ކެތިނޯން ކަމަށާއި އެތަކެތީގެ ބަރުދަނުގައި 2.6ކިލޯ ހުރި ކަމަށެވެ.
އެ ތަކެތީގެ މަގުމަތީ އަގު 3.9ކިލޯއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލު ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ.
އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކުރިކަމެއް ވެސް ނުބުނެއެވެ.
ފަހަކަށް އައިސް ރާއްޖެއިން އަތުލައިގަންނަ މަސްތުވާތަކެތި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

