
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ފެށި ބޮޑު އޮޕަރޭޝަން ، އޮޕަރޭޝަން އަލިމަގުގައި އައްޑޫން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި އޮޕަރޭޝަންގައި މިހާތަނަށް 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ހައްޔަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި 6 މީހެއްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަންގެ ދަށުން މި މަހުގެ 3ވަނަ ދުވަހު އައްޑޫގައި ވަނީ ފުޅާ ޙަރަކާތެއް ހިންގައިފައެވެ. އެ ޙަރަކާތުގައި 40 އަހަރުން ދަށުގެ 5 ޒުވާނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އެ ނެޓްވޯކަކީ 2017ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބައެއްކަމަށާއި އެމީހުންގެ އެމީހުންގެ ތެރެއިން 4 މީހެއްގެ އެކައުންޓްގައި ވޭތުވެދިޔަ 5 އަހަރު 19 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ.
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރީ ހިތަދޫގެ 40 އަހަރުން ދަށުގެ 5 ޒުވާނުން

