
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ފެސިލިޓީތަކަށް ބެންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައި ވަނީ މިއީ އެ ކުންފުނިންދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި އެސްޑީއެފްސީގެ ކަސްޓަމަރުންނަށް އެފަރާތެއްގެ ފެސިލިޓީގެ މަޢުލޫމާތުތައް މިހާރު ފަސޭހަކަމާއެކު ބަލާލެވޭނެކަމަށެވެ. އަދި ބީއެމްއެލް އެޕް މެދުވެރިކޮށް ފެސިލިޓީއަށް ފިއިސާ ވެސް ދެއްކޭނެކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ކުރިން މެނުއަލްކޮށް ފެސިލިޓީތަކަށް ފައިސާ ދައްކަމުންއައި ޓްރާންސްފަރތައް މަދުކުރެވި، ރިއަލް ޓައިމްކޮށް ޕޭމަންޓްތަކުގެ އަޕްޑޭޓް ލިބިގެންދާނެކަމަށާއި ޚިދުމަތްތައް ކުރިއަށް ވުރެން އަވަސް ވެގެންދާނެކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.
މި ޚިދުމަތް ހޯދުމަށް ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގައި އެފަރާތަކުން ބޭނުންކުރަމުން އަންނަ އަމިއްލަ އެކައުންޓް މެދުވެރިކޮށް އެޕަށް ލޮގިންވެ ކުރިއަށް ދެވޭނެކަމަށް ވެސް އެސްޑީއެފްސީން ބުނެއެވެ،

