
ރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)އިން މާލޭގައި ބޭއްވި ހަރަކާތެއްގައި، އެ ޕާޓީގެ އެކްޓިވިސްޓެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ނިސްބަތްކޮށް ހަޑި ހުތުރުބަހުން މުހާތަބުކޮށްފިއެވެ.
ޢަދަދު ނޫހުގެ ކޮންޓެންޓް ކްރިއޭޓަރެއްގެ ގޮތުގައި މަސައްކަތްކުރި، އަރުޝަމް ޢަބްދުﷲ މިފަދަ ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ވަނީ ސޯސަންމަގުގައި ބޭއްވުނު ހަރަކާތެއްގައެވެ.
ރަމަޟާންމަހު ދުވާލުގެ ވަގުތުގައި، ކުޑަކުދިންނާއި އާންމުން ހިނގައިބިނގާވެ އުޅޭ ވަގުތެއްގައި މިފަދަ ގޮތަކަށް ޢަމަލުކުރުމުން މީސްމީޑިއާގައި ގިނަ ބަޔަކުދަނީ އެކަމަށް ފާޑުކިޔައި، ނުރުހުން ފާޅުކުރަމުންނެވެ.
އޭނާގެ އެ ޢަމަލު ދައްކުވައިދޭ ވީޑިއޯއެއް މިހާރުދަނީ މީސްމީޑިއާގައި ދައުރުވަމުންނެވެ. މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

