އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލ ރޭ 01:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މާލެ، މުހައްމަދު ރަޒީން (49އ) އެވެ.
ކެފޭއެއްގެ ބިއްލޫރި ރެކު ތަޅާލި މީހާ 15 ދުވަހަށް ބަންދުކޮށްފި
ރަޒީން އަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ ހައްޔަރުކުރީ ކެފޭއެއްގެ ރެކު ތަޅާލި މައްސަލާގަ އެވެ.