
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދުމަތް ދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ އެމްބިއުލަންސުތަކާއި ވެހިކަލްތައް މަރާމާތްކުރުމާއި ސާވިސްކުރުމަށް އެމްޕީއެލްއާއި އާއި ހެލްތު މިނިސްޓްރީން ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފަހުމުނާމާގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ، މުހައްމަދު މުއީން އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުاللهއެވެ.
ހެލްތު މިނިސްޓްރީން މިދިޔަ އަހަރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްގެން އެމްބިއުލެންސްތަކެއް ގެނެސްފައެވެ.
އެގޮތުން 56އެމްޕީއެލްއިން ބޭރުން ގެނައެވެ. އަދި އެއް އެމްބިއުލެންސް ކަރެކްޝަންސްއާ ހަވާލުކުރި އިރު ބާކީ 55އެމްބިއުލެންސް ފޯރުކޮށްދިނީ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކަށް ކަމަށް ވެސް އެމްޕީއެލްއިން ބުންޏެވެ.

