
ގްރޭޑް 8ކުން ފެށިގެން ގްރޭޑް 12އާ ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް އިސްލާމް މާއްދާއިން، މިސްކިތްތަކުގައި ޓިއުޝަން ދިނުމާ މެދު ޢާންމުންގެ ޚިޔާލަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
ފޭސްބުކްގައި އެމަނިކުފާނު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަފްތާއަކު ދެ ދުވަހު، ދެ ނަމާދު ދޭތެރޭގައި އިސްލާމް މާއްދާއަށް މޮޅު މުދައްރިސުންނާއި އެކު ޓިއުޝަންތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ކަމަށާއި އެ ކްލާސްތަކަށް ހާޒިރުވާން ބޭނުން ކޮންމެ ދަރިވަރަކަށް ހާޒިރުވެވޭނެ ކަމަށެވެ.
މީގެ އިތުރުން، އެމަނިކުފާނު ގެ ވިސްނުންފުޅު މިފަދައިން ހުށަހެޅުނީ، އިސްލާމް މާއްދާއާ މެދު މުޖުތަމަޢުގައި ދެކެވެމުންދާ ވާހަކަތަކަށް ވިސްނަވާފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

