
އިތުރު މަސާޖު ޕާލާތަކަކުން ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ މާލޭގައި ހިންގަމުންދިއަ އިތުރު ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.
ފާއިތުވި ހަފްތާގައި އިމިގްރޭޝަންއިން ޖުމްލަ 12 މަސާޖުޕާލަރެއް ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 12 ބިދޭސީއަކު ވަނީ އަތުލައިގެންފައެެވެ. އަދި އަށް މަސާޖު ޕާލަރެއް ވަނީ ބަންދު ވެސް ކޮށްފައެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުންދިއަ އިތުރު ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކޮށްފައި. އަދި ދޫކޮށްފައިވާ ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް… pic.twitter.com/nI0nkW22C3
— Maldives Immigration (@ImmigrationMV) December 12, 2025
މަސާޖު ޕާލާތަކުގައި ވިސާ ނެތި ބިދޭސީން މަސައްކަތް ކުރުމާއި އެ ތަންތަނުގައި ހަށި ވިއްކާ ކަމުގެ މައްސަލަތައް ވެސް ވަރަށް ގިނައިން ވަނީ ފެންމަތިވެއެވެ.
މަސާޖުޕާލާތަކުގެ އިތުރުން އެހެނިހެން ތަންތަނުގައި ވެސް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ، ގަވައިދުން ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ.

