
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މި އުފާފާޅުކުރުމުގެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އިއްޔެ ކުރިއަށްދިޔަ ވޯޓުލުމުގައި އެމްޑީޕީން ވަނީ ފާހަގަކޮށްލެވޭ ފަދަ ނަތީޖާއެއް ނެރެ، ރާއްޖޭގެ ހުރިހާ ސިޓީއެއްގެ މޭޔަރުކަމުގެ ގޮނޑި ތަނަވަސް އަޣުލަބިއްޔަތަކާ އެކު ކާމިޔާބުކޮށްފައެވެ.
ލޯކަލް ކައުންސިލް އާއި އތމ. ކޮމީޓީ އިންތިޙާބު 2026
“ހޭވައްލާ ތައްޔާރު” އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުން🗓️6 އޭޕްރިލް 2026,ހޯމަ
⏰ ރޭގަނޑު 8:30
📍އާރޓިފިޝަލް ބީޗްއެމްޑީޕީ ރަންރީނދޫ ލަޝްކަރުގެ އެކުވެރިކަމާއި ފޯރިއާއި ޖޯޝް ދައްކާލުމަށް ޕާޓީގެ ހުރިހާ މެމްބަރުން… pic.twitter.com/GDx9Yen6ZK
— MDP Secretariat (@MDPSecretariat) April 5, 2026
ސިޓީތަކުގެ އިސް މަގާމުތަކުގެ އިތުރުން، ރަށްރަށުގެ ކައުންސިލްތަކުން ގިނަ ގޮނޑިތަކެއް އެ ޕާޓީން ވަނީ ކަށަވަރުކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް ރައްޔިތުން ނިންމާފައި ވަނީ އެމްޑީޕީން ކެމްޕެއިން ކުރި ގޮތަށް، އެކަމަށް އިންކާރުކޮށް ‘ނޫނެކޭ’ ބުނުމަށެވެ.

