
ގައުމީ ބަތަލު، އަލިރަސްގެފާނުގެ ހިތްވަތާއި ފަންވަރުގެ ރޫހު ތާއަބަދަށް ރާއްޖޭގައި ދިރިދިރި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް 482އަހަރު ފުރިފައިވާ ކަމަށެވެ.
ހިޖުރައިން 965ވަނަ އަހަރުގެ ޝައުބާން 1ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އެންމެ ފަހު ނޭބަޔާ ހަމައަށް މި ހިތްވަރުގަދަ ގައުމީ ބަދަތު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދެމި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ގައުމަށްޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުންދަ ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާއެކު،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ އިރާދަކުރެއްވިއްޔާ އަލިރަސްގެދާނުފަދަ އަޒުމް ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމަތް ނަގައްޓާނެ ކަމަށެވެ.
އަލިރަސްގެފާނު ޝަހީދުވީ ޕޯޒުގީޒުންގެ އަނދިރިއަނދިރިންގެ ލަސްޝްކަރު މާލެއަށް އަރައިގަތް ވަގުތު، އެމީހުންނާކުރި ހަނގުރާމައިގެ ތެރެއިންނެވެ. މާލޭގެ އުތުރުފަރާތު އަތިރިމަތީގައި ކުރި މި ހަނގުރާމައިގައި، އެމަނިކުފާނު ޝަހީދުވީ އެކަނިމާއެކަނި ޕޯޗުގީޒުންގެ ލަޝްކަރާ ކުރިމަތިލައްވައި، ހަނގުރާމަކުރައްވަނިކޮށް ބަޑީގެ ހަމަލާއެއް އަމާޒުވެގެންނެވެ.

