
އައު އަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލަށް ހުޅުމާލެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ ޚިދުމަތުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކުގައި އައު އަހަރުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، އެ ސަހަރައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން، 2025 ޑިސެމްބަރު 31ވަނަ ދުވަހުގެ ރޭ 20:00 އިން ފެށިގެން 2026 ޖަނަވަރީ 01ވަނަ ދުވަހުގެ 01:00 އާހަމައަށް އެ އިވެންޓަށް ސެންޓްރަލް ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކުން ޓްރެފިކަށް ސަމާލުވުމަށާއި އުޅަނދުތައް ޕާކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ޕާކް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލާއި އައު އަހަރު ފާހަގަކުރުމުގެ ހަރަކާތް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ، 2025 ޑިސެންބަރު 31 ވަނަ ދުވަހުގެ 20:00 އިން ފެށިގެން 2026 ޖަނަވަރީ 01 ވަނަ ދުވަހުގެ 01:00 އާހަމައަށް ހުޅުމާލޭގެ ޓްރެފިކް ފުލޯއަށް… pic.twitter.com/MZYf1aBOve
— Maldives Police (@PoliceMv) December 30, 2025
މި ފެސްޓިވަލުގައި ހަވާ އެރުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ފުޑް ސްޓޯލްތައް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށް މި އިވެންޓު އިންތިޒާމްކޮށްފައިވާ ފަރާތުން ވަނީ ބުނެފައެވެ.

