
ހުޅުމާލެއިން އެއަރޕޯޓަށް ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.

