
އއ. ބޮޑުފުޅަދޫ ސިއްހީމަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ލައިކަން ޕްރައިވެޓް ލިމިޓެޑް އަށެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ސޮއިކުރެއްވި އިރު ލައިކަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އައިމަންއެވެ.
އެ އެއްބަސްވުމުގެ ދަށުން އަލަށް އިމާރާތްކުރާ ބައިގައި އޮފީސް، ޕަބްލިކް ހެލްތު ޔުނިޓް، ލެބޯޓްރީ، މީޓިންގ ހޯލް، ލޯންޑްރީ، މެޑިކަލް އަދި ޖެނެރަލް ސްޓޯސް ގާއިމުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

