
ރިސޯޓެއްގެ ޕޫލަށް ވެއްޓިގެން ގެނބުނު 2އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މަރުވެފައިވަނީ 2އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެކުއްޖާ މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހުކުރު ދުވަހުގެ ރޭ 12:54ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
“މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯތެއްގެ ޕޫލަށް ވެއްޓި ގެނބިގެން.”ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

