
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެކްސް ފޯރަމްއެއް ބާއްވަން ނިންމައިފި އެވެ.
އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (އައިސީއޭއެމް) އިން އިންތިޒާމްކުރާ އެ ފޯރަމް ފަށަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު މީރުމާގަ އެވެ.
އެ ފޯރަމްގައި ބިޒްނަސް ލީޑަރުންނާއި ރެގިއުލޭޓަރީ އޮތޯރިޓީގެ އިތުރުން ޓެކްސާ ގުޅޭ މާހިރުންވެސް ބައިވެރިވާނެކަމަށް އައިސީއޭއެމްއިން ބުންޏެވެ.
އެ ފޯރަމްގައި ބައިނަލްއަގުވާމީ ގޮތުން ވެސް ޓެކްސްއާ ގުޅޭ ކަންކަން ހަރުދަނާކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ރާއްޖޭގެ ކަންކަންވެސް ބެހެއްޓުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އައިސީއޭއެމްއިން ބުންޏެވެ.
އެ ފޯރަމްގައި ދުނިޔޭގެ މަޝްހޫރު ކުންފުނި ވައިސްގެ މެނޭޖިން ޑިރެކްޓަރު މެޓް ލެވިސްވެސް ބައިވެރިވެލައްވާނެ އެވެ.
އޭގެ އިތުރުން މިރާގެ ޑެޕިއުޓީ ކޮމިޝަނަރު ފާތިމަތު އަމީޒާއާއި މީރާގެ އިސް އެހެން ބޭފުޅުންވެސް ފޯރަމްގައި ބައިވެރިވެލައްވާނެ އެވެ.

