
ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން މިއަދު ބުނީ މާލެ ކޮމާޝަލް ހާބަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބަލައިފާސްކުރި ޝިޕްމެންޓްގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވައިފައި ހުއްޓައި ފެނިފައިވާ ކަމަށެވެ.
އެގޮތުން އެ ޝިޕްމެންޓުން ޖުމްލަ 10،800 ވޭޕް ކާޓްރިޖް ހޯދައިއިފައިވާ ކަމަށާއި މިއީ ރާއްޖޭގައި ވޭޕް މަނާކުރި ފަހުން މިހައިތަނަށް ހޯދުމުނު އެންމެ ބޮޑު ޝިޕްމެންޓްކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ. މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ކަސްޓަމްސްއިން ބުނީ، ރާއްޖޭގައި ވޭޕް މަނާކުރި ފަހުން، މިހާތަނަށް 66،000އަށް ވުރެ ގިނަ ވޭޕް ހިފަހައްޓައިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ކަސްޓަމްސްއަކުން ނުދެއެވެ.

