
ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ހައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފިއެވެ.
ހައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 8:04ގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މި ފްލައިޓުގައި 260ހައްޖުވެރިން ވަނީ ސައުދީ އަރަބިއްޔާއަށް ފުރާފައެވެ. ހައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238ހައްޖުވެރިން މައްކާއަށް ދިއުމަށްފަހު ފުރަތަމަ އުމްރާ ފުރިހަމަކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިއަދު މައްކާއަށް ދާ ދެވަނަ ފްލައިޓުގެ ހައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ހައްޖު މިޝަންއާއި، ހައްޖު ކޯޕަރޭޝަނުން ތައްޔާރުވަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. ހައްޖުގެ އަޅުކަން އަދާކުރަން ދާ ތިންވަނަ އަދި ހަަތަރުވަނަ ގްރޫޕް ފުރާނީ މަހުގެ 18އަދި 19ވަނަ ދުވަހުއެވެ.
މިއަހަރުވެސް ދިވެހި ހައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. އޭގެ ސަބަބުން ހައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.

