
މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މައްޗަންގޮޅީގެ ރައްޔިތުންނާ ބައްދަލުކުރައްވަވާ ގޮތަށް ހަމަޖައްސައިފި އެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުންތައް ރައީސް މުއިއްޒު ފެއްޓެވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވިލިމާލެއިންއެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ މައްޗަން ގޮޅީގެ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރެއްވި އެވެ.
“ދެން”އަށް އެނގިފައިވާ ގޮތުން ދެން އެންމެ އަވަހަށް ރައީސް ބައްދަލުވުމެއް ރައީސް ބާއްވަވާނީ މާފަންނުގެ ރައްޔިތުންނާއެކު އެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާޖުއްދީން ސްކޫލުގަ އެވެ.
ވިލިމާލެއާއި މައްޗަން ގޮޅީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އެ އަވަށުގެ ރައްޔިތުން ވަނީ އެކި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ރައީސްއަށް ދަންނަވައިފައެވެ.
އޭގެ ތެރެއިން ބައެއް ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ރޭ ވިދާޅުވިއެވެ.
ރައީސްކަމަށް ވަޑައިގަތުމުގެ ކުރިން މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރު ވެސް ރައީސް މުއިއްޒު ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުވުންތައް ބާއްވަވައިފައެވެ.

