
ފުލުހުން ހޯދަމުންދިޔަ ދ.ވާދޫ، ސަބާހާމަންޒިލް، އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، އިޒާމް ޒާހިރު ހައްޔަރުކޮށްފައި ވަނީ ބަންދުގައި ބަހައްޓައިގެން މިމަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ނުވަ ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށާއި ނަމަވެސް އޭނާ ހޯދަން ކުރި މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށެވެ.

