
ހުކުރު ހުތުބާ ތައްޔާރުކުރާނެ މައުޟޫތަކާ ގުޅޭގޮތުން ހިލާލަށް އިސްލާމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ޒަމާންތަކެއް ވަންދެން ރާއްޖޭގައި ކިޔަމުން ދިޔައީ އެއް ހުތުބާ ތަކެކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ވަނީ އެކަން ބަދަލުކޮށް ކޮންމެ ހުކުރެއްގައި ވެސް ތަފާތު ހުތުބާއެއް ކިޔަމުން ނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ މި އަހަރު ހުތުބާ ލިޔާ މައުޟޫތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންވެ މި އަހަރު ހުތުބާ ލިޔުމަށް މައުޟޫ ހުށަހެޅުމަށް މިހާރު ހުޅުވައިލައިފައިވާ ކަމަށާއި އެ މައުޟޫތައް މިނިސްޓްރީގެ ޕޯސްޓުގެ ކޮމެންޓުގައި ހުށަަހަޅޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ޕޯސްޓަށް ބައެއް ބޭފުޅުން މިހާރުވެސް ވަނީ ކޮމެންޓުކޮށް މައުޟޫތައް ހުށަހަޅައިފަ އެވެ.
ފަހަކަށް އައިސް ހުތުބާތަކުގެ މައުޟޫތައް ގިނައިން ހުންނަނީ ޒަމާނީ މައްސަލަތަކަށް އަލިއަޅުވައިލައިފަ އެވެ

