
ހުޅުމާލެ ތިންވަނަ ފިޔަވެއްސަށް ފަހު ދެން ހިއްކަން ފަށާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެކީ ނިމިފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ހިއްކާފައިވާ ސަރަހައްދު، ހިއްކުމުގެ ކުރިން 2023ވަނަ އަހަރު ސެޕްޓެމްބަރު މަހު އޮތް ގޮތުގެ ފޮޓޯއަކާއި ހިއްކުމުގެ ފަހުން އޮތް ގޮތުގެ ފޮޓޯއެއް ވަނީ ހިއްސާ ކުރައްވާފައެވެ.
Hulhumale Phase 3 reclamation completed. Next to be completed: Giraavaru falhu reclamation pic.twitter.com/nH3mt6xH9b
— Dr Mohamed Muizzu (@MMuizzu) January 25, 2026
މި މަޝްރޫޢުގައި ވަނީ ދެ މަސްދުވަހުގެ ތެރޭގައި 40ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައެވެ. މި މަސައްކަތް ފަށާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. ގިރާވަރުފަޅަކީ އެމްޑީޕީ ވެރިކަމުގައި ގޯތި ދޫކޮށް، ގޯތި ލިބޭނެ ކަމުގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ތަނެކެވެ.

