
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 10 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، އެ އޮޕަރޭޝަންގައި ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގާ ވިޔަފާރިތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި 95 ބިދޭސީއަކާ ސުވާލުކޮށް ކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓު ސަރަހައްދުގައި ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. އެގޮތުން، މި އޮޕަރޭޝަނުގައި 95… pic.twitter.com/9clJJn6I01
— Maldives Immigration (@ImmigrationMV) February 12, 2026
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަކީ ޤައުމީ ސަލާމަތާ ގުޅިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަނޑައަޅުއްވާފައެވެ. ފާއިތުވި 2025ވަނަ އަހަރު ވެސް ވަނީ 150 ތަނެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް ހިންގަމުންދިޔަ 66 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.

