
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި އެކަމޮޑޭޝަން ބްލޮކެއްގައި އަލިފާން ރޯވުމާ ގުޅިގެން، ދިފާއީ ބާރުގެ ފަޔަރ އެންޑް ރެސްކިއު ޓީމުތަކުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފިއެވެ.
ގައުމީ ދިފާއީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިއަދު ހަވީރު 17:21 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިން ވަނީ އެތަނަށް ގޮސް، އަލިފާންގަނޑު އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ފަށާފައެވެ.
ހުޅުމާލެ ފޭސް 3 ގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާން ފަށައިފި. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 17:12 ހާއިރު. pic.twitter.com/K7CfS9uPmA
— Maldives National Defence Force (@MNDF_Official) April 4, 2026
މިހާތަނަށް ބެލިބެލުމުން، މި ހާދިސާގައި އެއްވެސް ފަރާތެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، އަލިފާންގަނޑު މުޅިން ނިއްވާލުމަށްޓަކައި ސިފައިން މެދުކެނޑުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ.

