
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާއާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރަން މަޝްވަރާކޮށްފި އެވެ.
އިންޑިއާގެ ލޯނު އެހީގައި އިތުރަށް ތަރަައްގީކޮށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވީ ރޭގަ އެވެ.
އެކަމަށްޓަކައި ރޭ ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ ސިވިލް އޭޥިއޭޝަން މިނިސްޓަރު ކިންޖަރަޕު ރާމް މޯހަން ނައިޑޫ އެވެ.
ނައިޑޫ މިއަދު ވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ބައްދަލުވުމުގައި ހަނިމާދޫއިން އިންޑިއާއަށް ކުރާ ދަތުރުތައް އިތުރުކޮށް ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކުން މަޝްވަރާކުރި ކަމަށެވެ.
Building on successful inauguration of #Hanimaadhoo International Airport, Ministers @ameen3d and @RamMNK met and explored avenues to further 🇮🇳 🇲🇻 ties, with focus on enhanced air connectivity & advance mutually beneficial initiatives @PMOIndia @MEAIndia @MoCA_GoI @MoTCAmv pic.twitter.com/owYERDkc2w
— India in Maldives (@HCIMaldives) November 10, 2025
ހަނިމާދޫއާއި އިންޑިއާއާ ދެމެދު މިހާރުވެސް ހަފްތާއަކު ދެ ދަތުރު ބާއްވަ އެވެ. މޯލްޑިވިއަންއިން ހަނިމާދޫއިން އެ ދަތުރުތައް ކުރަނީ އިންޑިއާގެ ޓްރިވެންޑްރަމް އަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށްފައިވަނީއ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ގޮތަށެވެ.
ހަނިމާދޫ އެއާޕޯޓަށް ބޮއެން 737ގެ ބޮޑެތި ބޯޓުތައް ވެސް ޖެއްސޭއިރު ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ވެސް ހާއްސަ ސަރަހައްދެއް ވެސް ކަނޑައަޅާފައި ވެއެވެ.

