Maldives Daily News

މަހިބަދޫގެ ނަރުދަމާ ނިޒާމުގެ މަރާމާތްކުރުމުގެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކޮށްފި
އދ. މަހިބަދޫގައި މިހާރު އޮޕަރޭޓް ކުރަމުންދާ ނަރުދަމާ ނިޒާމުގެ މަރާމާތްކުރުމުގެ މަޝްރޫއު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަލީ ޝަރީފް އެވެ. އަދި ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ނާޒިރެވެ.

އެ މަޝްރޫއު ސްޓެލްކޯއާ ހަވާލުކުރީ 21.6މިލިއަން ރުފިޔާއަށެވެ. އެއީ 180ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މަހިބަދޫއަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަމުން ނިންމާފައިވާ ސަރަހައްދެއްވެސް މެއެވެ.

އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން ގޮވާލި “ޑެތު” ހައްޔަރުކޮށްފި
އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅުޖަހަން ގޮވާލި ހއ. ބާރަށް/ކުއްޅަވައްގެ/ އަލީ ޖުމާން (ޑެތު)ހައްޔަރުކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ޖުމާން އެފަދައިން ގޮވާލި ރަސްމާލެ 99އަހަރަށް ކުއްޔަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން އޭނާ ވަނީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލައިފައެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ޖުމާން މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ތިން ބާރުގެ އިމާރާތްތަކުގައި ހުޅުޖަހަން ހިތްވަރުދިންކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންވެސް މިދިޔަ އަންގާރަ ދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ދިފާއީ ދެ ފަހުމުނާމާގައި ރާއްޖެއިން ޕާކިސްތާނާ އެކު ސޮއިކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ހިމެނެއެވެ.

މި ދެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު ހަސަން ރަޝީދެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުގެ ފެޑެރަލް ސެކްރެޓަރީ އޮފް ޑިފެންސް، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް)މުހައްމަދު އަލީއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިފާއީ ދެ ފަހުމުނާމާގައި ސޮއިކުރިއިރު ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާސިމް މުނީރު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ރޭ އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

ޑްރަގާ އެކު ހައްޔަރުކުރި ފިލްމީ ތަރިންގެ މައްޗަށް ދައުވާކުރަން ފޮނުވައި ތިން މީހަކު ދޫކޮށްލައިފި
މަސްތުވާތަކެއްޗާ އެކު ވިލިމާލެއިން މި މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އަދި އިތުރު ފިރިހެނެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ކީ އަހުމަދު އަޒްމީލް (އަޒޭ) އާއި އިސްމާއިލް ޖުމައިހް (ޖުމާ), މުހައްމަދު ވިޝާލް (ރޯމަން) އަދި އަޒޭގެ ކޮއްކޮ ޝާހިލު މުހައްމަދުއެވެ އެ މައްސަލައިގައި އެންމެންގެ ބަންދަށް ވެސް 15 ދުވަސް ޖެހިއިރު ފުލުހުން މިހާރު ވަނީ އެ މައްސަލަ ތަހުގީގުކޮށް އެ އެންމެންގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީަށް ފޮނުވައިފައެެވެ.

ފުލުހުން އެ މައްސަލައިގައި ހައްޔަރުކުރި ތިން މީހަކު މިހާރު ބަންދުން ދޫކޮށްލައިފައިވާ ކަމަށާއި އަދި އެނެއް މީހާވެސް ދޫކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ މީހުން ތިބި ތަނުގެ މޭޒު މަތީގައި ހާމައަށް ހުރި މަސްތުވާތަކެތި ޓްރެފިކިންގެ މިންގަނޑަށް އަރާކަންވެސް ފާހަގަކޮށްފައިވެއެވެ. އެހެންވެ އެ މައްސަލަ ސާބިތުވެއްޖެނަމަ އެ އެންމެނަށް ވެސް ބޮޑު ހުކުމެއް އަންނާނެއެވެ.

ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހަން 17 ފިހާރައަކަށް ނޯޓިސް ދީފި
ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހަން 17ފިހާރައަކަށް ނޯޓިސް ދީފިއެވެ.

އާންމުންނަށް ވިއްކުމަށް ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ތަކެތީގައި، ގަންނަން ބޭނުންވާ ފަރާތްތަކަށް ސާފުކޮށް ފެންނާނެހެން އަގު ލިޔެފައި ނުހުންނަ މައްސަލަތަކުގެ ޝަކުވާ އިތުރުވެ، އެފަދަ ވިޔަފާރިތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން އިކޮނޮމިކް މިނިސްޓްރީން އިއުލާންކުރީ މިދިޔަ ހަފްތާއެވެ.

އެ މިނިސްޓްރީން ބުނީ އެ ނިންމުމާ ގުޅިގެން މި މަހުގެ 15އިން 20އަށް ފިހާރަތައް ބަލައި ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޖުމްލަ 34ފިހާރަ ބަލައިފާސްކުރިއިރު 17ފިހާރައެއްގައި މުދަލުގައި ގާނޫނާއި އެއްގޮތަށް އަގު ޖަހާފައި ހުރި 17ފިހަރާއެއްގައި އަގު ނުޖަހާހުރުމުން އެ ފިހާރަތަކަށް ނޯޓިސް ދިންކަމަށް މިނިސްޓްރީން ބުންޏެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް ރިޢާޔަތްކުރައްވައި، އެ ވުޒާރާއިން އާންމުކުރި މަޢުލޫމާތުގައި ވާގޮތުން، ތަކެތީގެ އަގު ނޭނގޭ ގޮތަށް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެގޮތުން އެ ޤާނޫނުގެ 16ވަނަ މާއްދާގެ (ހ)ގެ ދަށުން، ކޮންމެ އެއްޗެއް ވިއްކަން ބެހެއްޓި ނަމަވެސް، އެ އެއްޗެއްގެ އަގަކީ ކޮބައިކަން ގަންނަ މީހާއަށް ފަސޭހައިން އެނގެން ހުންނަންވާނެއެވެ.

މި އުޞޫލުގެ ދަށުން މުދަލުގައި އަގު ޖަހާފައިވާކަމަށް ބަލައިގަންނާނީ މައިގަނޑު ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ ސީދާ އެ އެއްޗެއްގެ ބޭރުގައި ނުވަތަ އުރައިގައި އަގު ޕްރިންޓުކޮށްފައި ނުވަތަ ތަތްކޮށްފައި ހުރުމެވެ. ދެވަނަ ގޮތަކީ، އެ އެއްޗެއް ހުރި ހަރުގަނޑެއްގައި ނުވަތަ ވަށިގަނޑެއްގައި އަގު ލިޔެފައި ބެހެއްޓުމާ އެކު، އެއީ ސީދާ ކޮން އެއްޗެއްގެ އަގެއްކަން އޮޅުންނާރާނެ ފަދަ ގޮތަކަށް ހާމަކޮށްފައި ހުރުމެވެ. މި މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ވިޔަފާރިވެރިންނަށް އެ ވުޒާރާއިން ވަނީ ގޮވާލައްވާފައެވެ.

އައު ހޮސްޕިޓަލް އެޅުމަށް ވިލިމާލޭގެ ޞިއްޙީ ޚިދުމަތްތައް ‘އަމާން ހިޔާ’އަށް ބަދަލުކޮށްފި
އައު ހޮސްޕިޓަލް އެޅުމަށް ވިލިމާލޭގެ ޞިއްޙީ ޚިދުމަތްތައް ‘އަމާން ހިޔާ’އަށް ބަދަލުކޮށްފިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްޤީކުރާ 112 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ އަވަށުގައި މިހާރު ހުރި ހޮސްޕިޓަލުން ދެމުންގެންދިޔަ ހުރިހާ ޚިދުމަތްތަކެއް މިއަދުން ފެށިގެން ކުރީގެ ކުޑަކުދިންގެ ހިޔާ ނުވަތަ ‘އަމާން ހިޔާ’ އިމާރާތަށެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މަޢުލޫމާތު ދެއްވި ގޮތުގައި، ޚިދުމަތްތައް ބަދަލުކުރުމުގެ ކުރިން އަމާން ހިޔާ ވަނީ އެކަމަށް އެކަށޭނެ ގޮތަށް މަރާމާތުކޮށްފައެވެ. އަދި ޚިދުމަތްދޭ ތަން ބަދަލުވި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޞިއްޙީ ފަރުވާގެ އެއްވެސް ކަމަކަށް މެދުކެނޑުމެއް ނާންނާނެކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. މި ބަދަލާ އެކު، އައު ހޮސްޕިޓަލް ބިނާކުރުމަށްޓަކައި މިހާރު ހުރި އިމާރާތް ތަޅާލައި، އެ ބިން ސާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

ޗައިނާ ސަރުކާރުން އިމާރާތްކޮށްދިނުމާއި ވަސީލަތްތައް ޤާއިމުކޮށްދިނުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓާ ގޮތަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓަށް ދީފައިވާ ރަސްމީ ނަމަކީ “ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް”އެވެ. މި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގައި، އާންމު ބަލިތަކަށް ފަރުވާދިނުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް އެނދުމަތިކޮށްގެން ފަރުވާދޭންޖެހޭ ބަލިމީހުންނަށް ޚާއްޞަކުރެވިފައިވާ ވަކި ސެންޓަރެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގެ ދަށުން ދެން އޮންނާނީ ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކޮށް، ބިންގާ އެޅުމުގެ މަރުޙަލާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ މައިގަނޑު ބޭނުމަކީ، ކުރިމަގުގައި އެ ސަރަޙައްދަށް އަންނާނެ ބޮޑު ބަދަލާ ގުޅިގެންނެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް ނިމި، ގުޅީފަޅާއި ގިރާވަރުފަޅުގައި މީހުން ވަޒަންވެރިވާން ފެށުމުން، ޞިއްޙީ ޚިދުމަތަށް އޮންނަ ޑިމާންޑު އިންތިހާއަށް ބޮޑުވެގެންދާނެތީ، މިހާރު ހުރި ޖާގައިގެ ދަތިކަން ޙައްލުކޮށް ދުރާލާ ތައްޔާރުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ގިނަ ބައެއްގެ އެދުމުގެ މަތިން “ހުވަފެނީ ތަސްވީރު” ސްޕޮޓިފައިއަށް!
“ހުވަފެނީ ތަސްވީރު” މުޅި ސޯޝަލް މީޑިއާ ފަތަހަކޮށް، ސްޕޮޓިފައިގައި ޓްރެންޑްވާން ފަށައިފި

ދިވެހިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައިވާ ދިވެހި ލަވަ “ހުވަފެނީ ތަސްވީރު” މުޅި ސޯޝަލް މީޑިއާ ފަތަހަކޮށް، މިއުޒިކް ސްޓްރީމިންގް ހިދުމަތް ސްޕޮޓިފައި އާއި ޓިކްޓޮކް  ގައި ބޮޑު ވައިރަލް ޓްރެންޑަކަށް ވެއްޖެއެވެ.

ޚާއްސަކޮށް، ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެޕްލިކޭޝަން ކަމަށްވާ ޓިކްޓޮކްގެ “ފޯ ޔޫ” ޕޭޖަށް ވަދެލައި، ސްކްރޯލް ކޮށްލާ ކޮންމެ ފަހަރަކުހެން މި ލަވައިގެ ހިތްގައިމު ރާގާއި އަޑު ނީވި ނުދާނެކަން ޔަގީނެވެ. މިއީ ފަހުގެ ތާރީޚެއްގައި ދިވެހި އޯޑިއޯއެއް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާ ބޮޑަށް ވައިރަލްވި ފުރަތަމަ ފަހަރެވެ.

މި ލަވައަކީ ކްރިއޭޓް ނެޓްވޯކުން އުފައްދައި، މީޑިއާނެޓްގެ އޮރިޖިނަލް ސީރީޒް “ޖުންޖުލާ” ގައި ހިމެނޭ އޮރިޖިނަލް ލަވައެކެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ނަސޫޙާއި މާއިން ރަޝީދެވެ. ލަވައިގެ ކޮރެއޯ، އެޑިޓިން އަދި ޑިރެކްޝަން އަޒްހާން އިބްރާހިމް ހަދާފައިވާއިރު، ވީޑިއޯއިން ފެނިގެންދަނީ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވާޝިއާ މުޙައްމަދާއި މުޙައްމަދު އިޝްފާނެވެ.

މި ލަވައިގެ ޖަޒުބާތީ އަދި ހިތްގައިމު މިއުޒިކް ބޭނުންކޮށްގެން ކްރިއޭޓަރުން އަންނަނީ ވަރަށް އުފެއްދުންތެރި، ތަފާތު އެކި ކޮންޓެންޓްތައް އުފައްދަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރީތި ރަށްރަށާއި ގުދުރަތީ ރީތިކަން ދައްކުވައިދޭ ސިނަމެޓިކް ދަތުރުފަތުރުގެ ވީޑިއޯތަކާއި، އާންމު ދިރިއުޅުމުގެ ކަންކަން ހިއްސާކުރާ ވްލޮގްތަކުގެ އިތުރުން، އަމިއްލަ ހުނަރު ދައްކުވައިދޭ ލިޕް-ސިންކް އަދި ޓްރާންސިޝަން ވީޑިއޯތައް ހިމެނެއެވެ. ލަވައިގެ ބަސްތަކާ ގުޅުވައިގެން މީހުން ހަދާފައިވާ ވީޑިއޯތަކަށް އެތައް ހާސް ވިއުޒް އަދި ލައިކްސް އަންނަނީ ލިބެމުންނެވެ. އަދި ކޮމެންޓް ސެކްޝަންތަކުގައިވެސް މި ލަވައިގެ ރީތިކަމުގެ ވާހަކަ މީހުން އަންނަނީ ދައްކަމުންނެވެ.

“ހުވަފެނީ ތަސްވީރު” އަށް ލިބެމުން އަންނަ މި ބޮޑު ތަރުހީބުން ދައްކުވައިދެނީ، ފެންވަރު ރަނގަޅު އުފެއްދުންތަކަށް ގިނަ ބައެއްގެ ލޯބި އޮތް ކަމެކެވެ. މުޅި ޓިކްޓޮކްގައި މި ލަވައިގެ އަޑު ގުގުމަމުން އަންނައިރު، މި ޓްރެންޑް އަދި ކައިރި މުސްތަގުބަލެއްގައި މަޑުޖެހޭނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.

ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދަށް 90 މިލިމީޓަރުގެ ވާރޭވެހުނު: މެޓް
ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި މާލެއާއި ހުޅުލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން އަދިވެސް ވިއްސާރަކުރާނެކަމަށް އިންޒާރު ދީފިއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން މެދުކެނޑުމެއްނެތި ވެހުނު ވާރޭގައި ހުޅުލެއަށް ވަނީ 90.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ވެރިރަށް މާލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް ވެހިފައި ވަނީ 60 މިލިމީޓަރުގެ ވާރޭއެވެ. މުޅި ރާއްޖެއަށް ބަލާއިރު އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރެކޯޑުކުރެވިފައި ވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް ވަނީ 101.8 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މި ވިއްސާރައިގެ ސަބަބުން މާލޭގެ ގިނަ މަގުތަކެއްގައި ވަރަށް ބޮޑަށް ފެންހެދި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުތަކަށް ވަނީ ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކަށް ވެސް މޫސުން ގޯސްވެ، ބައެއް ރަށްރަށަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުދެކުނުން، ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.

ވައިގަދަވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެ، ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލޭނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މެޑަމް ސާޖިދާ ޕާކިސްތާނުގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަސީފާ ބުއްޓޯ ޒަރްދާރީއާ އެ ޤައުމުގެ ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބައްދަލުކުރައްވައި، ދެ ޤައުމުގެ އިޖުތިމާޢީ އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު ކަމަށްވާ “އައިވާން-އެ-ސަދްރު”އަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތުމުން، ހޫނު މަރުޙަބާއެއް ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި ފަސްޓް ލޭޑީއެވެ. މި ރަސްމިއްޔާތަށް ފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޕާކިސްތާނުގެ ރައީސާއި ފަސްޓް ލޭޑީއާ އެކު ވަކިވަކިން ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ.

މެޑަމް ސާޖިދާއާއި ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ އަސީފާއާ ދެމެދު ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މުޖުތަމަޢުގެ ދުޅަހެޔޮކަމާއި ތަޢުލީމީ ދާއިރާގެ މައްޗަށެވެ. އެގޮތުން، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ މެދު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި އަންހެނުންގެ ޞިއްޙަތު ކުރިއެރުވުމަށް އަސީފާ ކުރައްވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވަނީ އެކަމަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. ދިވެހި ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީ ފާހަގަކުރައްވައި އެކަމަށް ވެސް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުވައި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމުގެ މުހިންމުކަމާމެދު ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި އަންހެނުންނަށް އިސް ސަފުން ޖާގަ ހޯދައިދިނުމަށް ވަކާލާތުކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެ ޤައުމުން ވެސް އެއްބާރުލުން ދީގެން އަމާޒުތަކަށް ވާސިލުވުމުގެ ޔަޤީންކަން އާކުރައްވަމުންނެވެ.

ތުރާކުނުގައި އަލަށް ބިނާކުރި މިސްކިތް ނިންމައި، ހުޅުވަން ތައްޔާރުވެއްޖެ
ހއ. ތުރާކުނު ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން އެ ރަށުގައި އިމާރާތްކުރި ޒަމާނީ އާ މިސްކިތުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލައި، އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަން ހާމަކޮށްފިއެވެ.

ދިހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި ބިނާއަކީ ދެ ޖިންސުގެ މީހުންނަށް ވެސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ، 300 މީހުންގެ ޖާގައިގެ ތަނެކެވެ. އިސްލާމީ ފަންނުވެރިކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް ހަދާފައިވާ މި މިސްކިތުގެ ބޮޑުމިނުގައި 240 އަކަމީޓަރު ހުންނައިރު، މިހާރު ކުރިއަށްދަނީ މިސްކިތް ހުޅުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިންސްޕެކްޝަންގެ މަރުހަލާތަކެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު، 2023ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މި މަޝްރޫޢުގެ ޖުމްލަ އަގަކީ 10،384،000 (ދިހަ މިލިއަން ތިން ލައްކަ އަށްޑިހަ ހަތަރު ހާސް) ރުފިޔާއެވެ.