
ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮންލައިން ޓްރާންސެކްޝަންތަކަށް ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ލިބޭ ރަސްމީ ޗެނެލެއްގެ ގޮތުގައި ވަޓްސްއެޕް އިތުރުކޮށްފި އެވެ.
ބޭންކުގެ ރަސްމީ އޯޓީޕީ ޗެނަލްތަކުގައި ތެރޭގައި ހިމެނެނީ އެސްއެމްއެސް، އީމެއިން އަދި އޮތެންޓިކޭޓާ އެވެ. މިހާރު އިތުރުކޮށްފައިވާ ވަޓްސްއެޕުން އިންޓަނެޓް ބޭންކިން ނުވަތަ ބޭންކިން އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭނެ އިހުތިޔާރު ބީއެމްއެލް އިން ވަނީ އިތުރު ކޮށްފަ އެވެ.
ބީއެމްއެލް އިން ބުނެފައި ވަނީ އޯޓީޕީ ޗެނަލް ވަޓްސްއެޕަށް ބަދަލުކުރުމުގެ މަރުހަލާގައި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ކަސްޓަމަރުން މިހާރު ބޭނުންކުރާ އޯޓިޕީ ޗެނަލެއް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.
ބީއެމްއެލް އިން މިހާރު ވަނީ ކިއުއާރްކޯޑް ސްކޭން ކޮށްގެން ފައިސާ ދެއްކޭ ގޮތަށް ވެސް ހަދައިފަ އެވެ.

